މައިގަނޑު ބަޔަށް ދާން

ހަބަރު

ވީއައިއޭ، ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ "ވޯލްޑްސް ލީޑިންގ އެއާޕޯޓް" އާއި "ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް" ކެޓަގަރީއަށް ނޮމިނޭޓްވެއްޖެއެވެ.

އަޙްމަދު އާހިލް ސަޢީދު

ވީއައިއޭ، ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ "ވޯލްޑްސް ލީޑިންގ އެއާޕޯޓް" އާއި "ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް" ކެޓަގަރީއަށް ނޮމިނޭޓްވެއްޖެއެވެ.

މި ދެ ބައިން ވާދަކުރުމުގެ ޖާގަ ވީއައިއޭއަށް ހޯދައިދިނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ސަރަޙައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް 2026" ގެ ލަޤަބު ކާމިޔާބުކޮށްގެންނެވެ.

ވޯލްޑްސް ލީޑިންގ އެއާޕޯޓް ކެޓަގަރީގައި ވީއައިއޭއާ އެކު ޖުމްލަ ދެ އެއާޕޯޓެއް ވާދަކުރެއެވެ. އެ ލިސްޓުގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއި އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓާއި، އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އެއާޕޯޓް އަދި ޒޫރިކް އެއާޕޯޓް ފަދަ ދުނިޔޭގެ ބޮޑެތި އެއާޕޯޓްތައް ހިމެނެއެވެ. ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީގައި 12 އެއާޕޯޓަކާ ވީއައިއޭ ވާދަކުރާ އިރު، އޭގެ ތެރޭގައި ޗާންގީ، ދުބާއި، ހޮންކޮންގ، އަބޫދާބީގެ ޒާއިދު އެއާޕޯޓް، ސިޑްނީ އެއާޕޯޓް އަދި އޯކްލޭންޑް އެއާޕޯޓް ފާހަގަކޮށްލެވެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވޯޓު ލެވޭނެ ކަމަށާއި ދެ ކެޓަގަރީންވެސް ވީއައިއޭއަށް ވޯޓު ދީ ކާމިޔާބު ހޯދައިދެއްވުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ނަތީޖާ އިޢުލާނުކުރާނީ މި އަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.