ދުނިޔެ

ކެސްޕިއަން ކަނޑުގެ ހާދިސާއާ ގުޅިގެން އީރާނަކީ "ޝިކާރައެއް" ނޫން ކަމަށް ޔޫކްރެއިނުން ބުނެފި

Caspian kanduge haadhisaa aa gulhigen Iran akee shikaareh noon kamah Ukraine in bunefi

Ahmed Aahil Saeed

27 July 2026

0
ކެސްޕިއަން ކަނޑުގެ ހާދިސާއާ ގުޅިގެން އީރާނަކީ "ޝިކާރައެއް" ނޫން ކަމަށް ޔޫކްރެއިނުން ބުނެފި

ކަސްޕިއަން ކަނޑު؛ ފޮޓޯ / އަލްޖަޒީރާ

ސީބީހާ ވިދާޅުވީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމައިގައި ތެހެރާނުން ހަތިޔާރު ފޯރުކޮށްދީ ސީދާ ބައިވެރިވެފައިވާ ކަމަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސީބީހާ ވިދާޅުވީ "ތެހެރާނުގެ ވެރިކަމަކީ ޔޫކްރެއިނާ ދެކޮޅު ރަޝިޔާގެ ޢުދުވާނުގެ ސީދާ ބައިވެރިއެއް ކަމަށާއި 2022 ވަނަ އަހަރުން ފެށިގެން ޔޫކްރެއިން ރައްޔިތުން މަރަމުންދާ ހަތިޔާރު މޮސްކޯއަށް ފޯރުކޮށްދީގެން ރަޝިޔާގެ ޖަރީމާ ހަނގުރާމައަށް ތެޔޮ އަޅަމުންދާ" ކަމަށެވެ.

ކެސްޕިއަން ކަނޑުގައި އީރާނުގެ އުޅަނދަކަށް ހަމަލާދިން މައްސަލައިގައި އީރާނުން ޝިކާރައެއްގެ ދައުރު ކުޅެން މަސައްކަތް ކުރުމާ ދެކޮޅަށް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންދްރީ ސީބީހާ ވަރުގަދަ ބަޔާނެއް ނެރުއްވައިފިއެވެ.

ސީބީހާ ވިދާޅުވީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމައިގައި ތެހެރާނުން ހަތިޔާރު ފޯރުކޮށްދީ ސީދާ ބައިވެރިވެފައިވާ ކަމަށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސީބީހާ ވިދާޅުވީ "ތެހެރާނުގެ ވެރިކަމަކީ ޔޫކްރެއިނާ ދެކޮޅު ރަޝިޔާގެ ޢުދުވާނުގެ ސީދާ ބައިވެރިއެއް ކަމަށާއި 2022 ވަނަ އަހަރުން ފެށިގެން ޔޫކްރެއިން ރައްޔިތުން މަރަމުންދާ ހަތިޔާރު މޮސްކޯއަށް ފޯރުކޮށްދީގެން ރަޝިޔާގެ ޖަރީމާ ހަނގުރާމައަށް ތެޔޮ އަޅަމުންދާ" ކަމަށެވެ.

"އީރާނަށް ޝިކާރައެއް ކަމަށް ހެދިގެން އުޅެވޭނެ ޖާގައެއް ނެތް އެ ޤައުމުގެ ބިރުދެއްކުންތައް އދ.ގެ ޗާޓަރާ ގުޅުވައި ހެއްދެވި މޮޔައެއް ފަދަ ވާހަކަތަކުގެ ހައިސިއްޔަތެއް ނެތް" ކަމަށް ވެސް ސީބީހާ ވިދާޅުވިއެވެ.

މީގެ އިތުރުން ކަޅު ކަނޑުގައި ރަޝިޔާއިން އާންމު ބޯޓުފަހަރަށް ދެމުންދާ ހަމަލާތަކުން ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެފައިވާކަމުން ސަމާލުކަން އެއްފަރާތް ކުރަން އީރާނުން އުޅޭ ކަމަށް ވެސް ސީބީހާ ތުހުމަތު ކުރެއްވިއެވެ. "އެކަމެއް ކާމިޔާބެއް ނުވާނެ" ކަމަށާއި ކަނޑު ދަތުރުފަތުރުގެ މިނިވަންކަމަށް ރަޝިޔާ އަރައިގަންނަ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާގައި ނެގޭނެ ކަމަށާއި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ވަރުގަދަ ރައްދެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އީރާނުން ހޮނިހިރު ދުވަހު ބުނީ ކެސްޕިއަން ކަނޑުގައި އެ ޤައުމުގެ ވިޔަފާރި އުޅަނދަކަށް ޔޫކްރެއިނުން ހަމަލާ ދިން ކަމަށާއި އެއީ ޢުދުވާނީ ޢަމަލެއް ކަމުގައި ސިފަކުރި ކަމަށެވެ. މި ހާދިސާ ވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް