މައިގަނޑު ބަޔަށް ދާން

ހަބަރު

ގެއްލުނު ދެ ބިދޭސީން ހޯދުމަށް ކަނޑުމަގާއި ވައިގެ މަގުން ފުޅާ ދާއިރާއެއްގައި ސާޗް އޮޕަރޭޝަން ހިންގައިފި

މި ހާދިސާ ހިނގީ ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދާން ފެށުމުންނެވެ. ހުކުރު ދުވަހުގެ ހެނދުނު 08:48 ހާއިރު ފުލުހުންނަށް މި ޚަބަރު ލިބުނުއިރު އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން 8 މީހުން ސަލާމަތްކުރެވުނު ނަމަވެސް ދެ މީހުން ވަނީ ގެއްލިފައެވެ.

އަހުމަދު އާހިލް ސައީދު

ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރު--
ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރު--

ކ. ގާފަރު ސަރަހައްދުގައި އަޑިއަށް ދިޔަ ކޮޅުވެއްޓިން ވީނުވީއެއް ނޭނގި ގެއްލުނު ދެ ބިދޭސީން ހޯދުމަށް ކަނޑުމަގާއި ވައިގެ މަގުން ފުޅާ ދާއިރާއެއްގައި ސާޗް އޮޕަރޭޝަން ހިންގައިފިއެވެ.

މި ހާދިސާ ހިނގީ ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދާން ފެށުމުންނެވެ. ހުކުރު ދުވަހުގެ ހެނދުނު 08:48 ހާއިރު ފުލުހުންނަށް މި ޚަބަރު ލިބުނުއިރު އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން 8 މީހުން ސަލާމަތްކުރެވުނު ނަމަވެސް ދެ މީހުން ވަނީ ގެއްލިފައެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ވައިގެ މަގާއި ކަނޑު މަގުން ޖުމްލަ 3182 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އެއަރ ކޯރ މެދުވެރިކޮށް ބެލިފައިވެއެވެ. އެއާއެކު ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓް ކްރާފްޓް ބޭނުންކޮށްގެން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ވަނީ ބަލައިފައެވެ.

މީގެ އިތުރުން ޑައިވަރުން 675120 އަކަ މީޓަރުގެ ސަރަހައްދެއް ފީނައިގެން ބެލި ނަމަވެސް ގެއްލުނު ދެ މީހުންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

ގެއްލުނު ދެ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއް ނެތި ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.