މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްއެސްއެސް ބޯޓަކުން 17 ހުސް ކޮންޓެއިނަރު ކަނޑަށް ވެއްޓި ސަމާލުވާން އަންގައިފި

ލަންކާގެ "ޑެއިލީ މިރާ" ނޫހުން ރިޕޯޓުކުރި ގޮތުގައި ކޮލަމްބޯ އިންފޮމޭޝަން ފިއުޝަން ސެންޓަރަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި މި ހާދިސާ މެދުވެރިވީ މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެންނެވެ.

އަހުމަދު އާހިލް ސައީދު

އެމްއެސްއެސް ބޯޓެއް؛ ފޮޓޯ / އެމްއެސްއެސް
އެމްއެސްއެސް ބޯޓެއް؛ ފޮޓޯ / އެމްއެސްއެސް

މާލެއިން ފުރައިގެން ކޮލަމްބޯއަށް މިސްރާބު ޖެހި މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އުޅަނދަކުން އިއްޔެ ހެނދުނު 17 ހުސް ކޮންޓެއިނަރު ކަނޑަށް ވެއްޓިއްޖެ އެވެ.

ލަންކާގެ "ޑެއިލީ މިރާ" ނޫހުން ރިޕޯޓުކުރި ގޮތުގައި ކޮލަމްބޯ އިންފޮމޭޝަން ފިއުޝަން ސެންޓަރަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި މި ހާދިސާ މެދުވެރިވީ މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެންނެވެ.

ކޮންޓެއިނަރުތައް ވެއްޓިފައިވަނީ ކޮލަމްބޯ ބަނދަރާ ހުޅަނގުން ގާތްގަނޑަކަށް 17 ނޯޓިކަލް މޭލު ބޭރަށެވެ. އެ ބޯޓު މާލެއިން ފުރީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ.

މި ހާދިސާއާ ގުޅިގެން ލަންކާގެ ފިޝަރީޒް އެންޑް އެކުއާޓިކް ރިސޯސަސް ޑިޕާޓްމަންޓުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އޮޔާދާ ކޮންޓެއިނަރުތަކަށް ސަމާލުވުމަށް އެދި އެލާޓް ނެރެފަ އެވެ. ކަމާ ގުޅޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ލަންކާގެ ބެރުވަލާ އާއި ނެގޮމްބޯ ސަރަހައްދުގެ އައްސޭރިފަށަށް އެ ކޮންޓެއިނަރުތައް ލައްގާނެ ކަމުގެ ފުރުސަތު ބޮޑެވެ.

ލަންކާ ނޭވީން އެ ސަރަހައްދު މޮނިޓާ ކުރަމުން ގެންދާއިރު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ވަނީ ކޮންޓެއިނަރެއް ފެނިއްޖެ ނަމަ އެ ސެންޓަރަށް އެންގުމަށް މަސްވެރިންނާއި ދަތުރުވެރިންގެ ކިބައިން އެދިފަ އެވެ. މި ހާދިސާއާ ގުޅޭ ގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.