މައިގަނޑު ބަޔަށް ދާން

ދުނިޔެ

އީރާނާ ދެކޮޅު ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ގާތްގަނޑަކަށް ހުސްވެއްޖެ

ރޮއިޓާސް އިން ތިން ފަރާތެއް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް )އެޓެކްމްސް( އާއި ޕްރިސިޝަން ސްޓްރައިކް މިސައިލްތައް "ވާޗުއަލީ ހުރިހާ" އެއްޗެއް ބޭނުންކޮށްފައިވެއެވެ.

އަހުމަދު އާހިލް ސައީދު

އެމެރިކާގެ ރައީސް. ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ؛ ފޮޓޯ / ވޮކްސް
އެމެރިކާގެ ރައީސް. ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ؛ ފޮޓޯ / ވޮކްސް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ ޕްރިސިޝަން މިސައިލްތަކުގެ ދުނިޔޭގެ ފެންވަރުގެ ރައްކާ ގާތްގަނޑަކަށް އެއްކޮށް ބޭނުންކޮށް ހުސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރޮއިޓާސް އިން ތިން ފަރާތެއް ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްސް (އެޓެކްމްސް) އާއި ޕްރިސިޝަން ސްޓްރައިކް މިސައިލްތައް "ވާޗުއަލީ ހުރިހާ" އެއްޗެއް ބޭނުންކޮށްފައިވެއެވެ.

ސީބީއެސް ނިއުސް އިންވެސް ވަނީ މި ހަތިޔާރުތަކުގެ ދުނިޔޭގެ ފެންވަރުގެ ރައްކާ ގާތްގަނޑަކަށް ހުސްވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ނަމަވެސް ޕެންޓަގަން އިން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ޕެންޓަގަންގެ ޗީފް ސްޕޯކްސްޕާސަން ޝޯން ޕާނެލް ސީބީއެސް ނިއުސް އަށް ވިދާޅުވީ "އެމެރިކާގެ އަސްކަރިއްޔާ އަކީ ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާ ކަމަށާއި ރައީސް ކަނޑައަޅުއްވާ ވަގުތެއްގައި އަދި ތަނެއްގައި ޢަމަލީ ސިފައެއް ގެނައުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެބަހުރި" ކަމަށެވެ.

މީގެ ކުރިން އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތް ވެސް ވަނީ ހަތިޔާރު މަދުވުމާ ގުޅޭ ކަންބޮޑުވުންތައް ދޮގުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.