މައިގަނޑު ބަޔަށް ދާން

ދުނިޔެ

ހޫޘީންގެ އިންޒާރަށް ބެލުމެއް ނެތި ސައޫދީ ތެޔޮ ހިފައިގެން ދެ ޓޭންކަރު ރެޑް ސީ ހުރަސްކޮށްފި

ސައޫދީ ޢަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ދަތުރުފަތުރު ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނާ ގުޅިފައިވާ ހޫޘީ ޖަމާޢަތުން ޖުލައި 20 ގައި ދީ ރެޑް ސީގައި ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދީފައިވީ ނަމަވެސް މި ކަނޑުމަގުން ތެޔޮ ޝިޕްމެންޓްތައް ދަތުރުކުރަމުންދާ ކަން މި ހާދިސާއިން ހާމަވެއެވެ.

އަހުމަދު އާހިލް ސައީދު

ތެޔޮ ޓޭންކަރެއް؛ ފޮޓޯ / ބީބީސީ
ތެޔޮ ޓޭންކަރެއް؛ ފޮޓޯ / ބީބީސީ

ސައޫދީ ޢަރަބިއްޔާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި ދެ ޓޭންކަރެއް ހަފުތާ ބަންދުގައި ބާބުލް މަންދަބް ކަނޑުއޮޅިން ރެޑް ސީ ހުރަސްކޮށްފައިވާ ކަމަށް ރޮއިޓާސް ބުނެފިއެވެ.

ސައޫދީ ޢަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ދަތުރުފަތުރު ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނާ ގުޅިފައިވާ ހޫޘީ ޖަމާޢަތުން ޖުލައި 20 ގައި ދީ ރެޑް ސީގައި ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދީފައިވީ ނަމަވެސް މި ކަނޑުމަގުން ތެޔޮ ޝިޕްމެންޓްތައް ދަތުރުކުރަމުންދާ ކަން މި ހާދިސާއިން ހާމަވެއެވެ.

ކެޕްލާ ކިޔާ ކަނޑުދަތުރުފަތުރުގެ ތަޙްލީލީ ކުންފުނީގެ މަޢުލޫމާތާ ހަވާލާދީ ރޮއިޓާސް ރިޕޯޓްކޮށްފައިވާ ގޮތުގައި މޯލްޓާގެ ދިދައިގެ ދަށުން ދަތުރުކުރި ލެސްވޮސް ނަމަކަށް ކިޔާ ޓޭންކަރުގައި ގާތްގަނޑަކަށް އެއް މިލިއަން ފީފާ ސައޫދީ ތެޔޮ ހުރިއިރު އެ ބޯޓު ދާ މަންޒިލެއް ނޭނގެއެވެ.

ދެވަނަ ޓޭންކަރު ކަމުގައިވާ ދޭޝް ވައިބަވް ގައި ދެ މިލިއަން ފީފާ ތެޔޮ ބަރުކޮށްގެން ދަތުރުކުރީ އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީޒް ހިންގާ ސިއްކާ ބަނދަރަށެވެ.

ދެ ޓޭންކަރުވެސް ރެޑް ސީ ހުރަސްކޮށްފައި ވަނީ އެ ބޯޓުތަކުގެ އޮޓޮމެޓިކް ލޮކޭޝަން ދެނެގަތުމުގެ ނިޒާމު ނިއްވާލައިގެން ކަމަށް ރޮއިޓާސް ބުނެއެވެ. މީގެ އިތުރުން އާދީއްތަ ދުވަހު ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރުގެ ޢަދަދު 18 އަށް ދަށަށް ދިޔައިރު ހޮނިހިރު ދުވަހު 27 އަދި ހުކުރު ދުވަހު 28 އުޅަނދު އެ ކަނޑުއޮޅިން ހުރަސްކުރިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.