މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޓީސީސީން އަމީނީމަގުގެ ތާރުގަނޑު ކަފައިގެން ސާވޭ ނިންމައިފި

ތާރު އެޅި އަމީނީމަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު މައްޗަށް ނެގި ބޮޑެތި އަޑިގުޑަންތައް އުފެދިފައިވާތީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ވަނީ އެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.

އަހުމަދު އާހިލް ސައީދު

އަމީނީ މަގުގައި ސާވޭ ކުރިއަށްގެންދިޔުމުގެ ތެރެއިން؛ ފޮޓޯ / އެމްޓީސީސީ
އަމީނީ މަގުގައި ސާވޭ ކުރިއަށްގެންދިޔުމުގެ ތެރެއިން؛ ފޮޓޯ / އެމްޓީސީސީ

މާލޭގެ އަމީނީމަގު މަރާމާތުކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތުގެ ތެރެއިން ތާރުގަނޑު ކަފައިގެން ހަދާ ސާވޭ އިއްޔެ އެމްޓީސީސީން ކޮށްފިއެވެ.

ތާރު އެޅި އަމީނީމަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު މައްޗަށް ނެގި ބޮޑެތި އަޑިގުޑަންތައް އުފެދިފައިވާތީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ވަނީ އެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން އަމީނީމަގުގެ އިތުރުން އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގުވެސް މަރާމާތުކުރެވޭނެ ކަމަށާއި އެ މަސައްކަތުން އެ މަގުތައް ޢާންމުންނަށް ރައްކާތެރި ލުއިފަސޭހަ ތަނަކަށް ހެދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ޖުލައި 2022 ގައި އާރްޑީސީއާ ޙަވާލުކޮށްގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށި އަމީނީމަގުގެ ފަހު ބައި ހުޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެ މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު ފެންވަރު ދަށް ތަކެތި ބޭނުންކޮށް ނުއަގުގައި މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރިންވެސް ކުރެވިފައިވެއެވެ.

ދިވެހިރާއްޖޭގެ އަޑާ ހިސާބުން ބޮޑުތަކުރުފާނު މަގާ ދެމެދު އެންމެ ފަހުން ހެދި ސަރަހައްދުގެ ތާރުގަނޑުވެސް މިހާރު ވަރަށް ބޮޑަށް ހަލާކުވެ ތާރުގަނޑު އުފުލިފައި ހުރުމުން ދުއްވާ ފަރާތްތަކަށް ނުރައްކާ ކުރިމަތިވާތާ ދުވަސްތަކެއް ވެފައިވެއެވެ. މިދިޔަ އަހަރުވެސް ބައެއް ހިސާބުތައް މަރާމާތުކުރަން ޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.