މައިގަނޑު ބަޔަށް ދާން

ހަބަރު

މިނިވަން ދުވަހުގެ ކުރެހުމާއި ފޮޓޯގްރަފީ މުބާރާތް އަންނަ އަހަރު ފުޅާކުރަނީ

މިނިވަން ދުވަހާ ގުޅިގެން އެ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ އިއުލާނުކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފަދަ ޚާއްޞަ މުނާސަބަތުތަކާ ގުޅުވައިގެން މި ބާވަތުގެ މުބާރާތް ހިންގުމުގެ ބޭނުމަކީ މިނިވަންކަމުގެ އެ އިހުސާސާއި މާނަ ފޮޓޯއާއި ކުރެހުމުގެ ޒަރީޢާއިން ރައްޔިތުންގެ ހިތްތަކުގައި ދިރުވުން ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް؛ ފޮޓޯ / ޕީއެސްއެމް
ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް؛ ފޮޓޯ / ޕީއެސްއެމް

ޤައުމީ ޖިހާދުތަކުގެ ހަނދާންތައް ދެމެހެއްޓުމުގައި ކުރެހުމާއި ފޮޓޯގްރަފީ ފަދަ ފަންނީ ހަރަކާތްތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާ ގުޅިގެން އެ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާ އިއުލާނުކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ މިނިވަން ދުވަހާއި ޤައުމީ ދުވަސް ފަދަ ޚާއްޞަ މުނާސަބަތުތަކާ ގުޅުވައިގެން މި ބާވަތުގެ މުބާރާތް ހިންގުމުގެ ބޭނުމަކީ މިނިވަންކަމުގެ އެ އިހުސާސާއި މާނަ ފޮޓޯއާއި ކުރެހުމުގެ ޒަރީޢާއިން ރައްޔިތުންގެ ހިތްތަކުގައި ދިރުވުން ކަމަށެވެ.

އަދި ކާބަފައިންގެ ޤުރުބާނީތަކާއި ރާއްޖޭގެ ތާރީޚާއި ސަޤާފީ ތަރިކަ ހަނދާނުގައި ބެހެއްޓުމަށް މިއީ ނުހަނު ބޭނުންތެރި މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި މުބާރާތަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ "160 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވޭ. މިކަމުން އަނގައިދިނީ ހުރިހާ ފަރާއްތަކުން މިފަދަ ކަންކަަމަށް އޮތް ޝައުގުވެރިކަން. ކުރެހުމާއި ފޮޓޯ ނެގުމުގެ މިފަދަ މުބާރާތްކަކީ މި ފަދަ މުނާސަބަތުތަކާއި ގުޅިގެން ކުރިއަށް ގެންދިޔުމަަށް ވަރަށް މުހިންމު މުބާރާތްތަކެއް. މި އަންނަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ރަނގަޅު އިނާމުތަކާއެކު މިއަށްވުރެއް ފުޅާ ދާއިރާއެއްގައި މި މުބާރާތް ބޭއްވިގެންދާނެ" ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ރަނގަޅު އިނާމުތަކާ އެކީ މި މުބާރާތް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ވުޒާރާއިން ދަނީ ރާވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.