މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ފުރަތަމަ ދެ މެޗުން ބަލިވެ ތުރުކީ އާއި ހެއިޓީ ވޯލްޑް ކަޕުން ކަޓައިފި

ތުރުކީ އާއި ހެއިޓީ ވޯލްޑް ކަޕުން ކެޓީ ރޭ ކުޅުނު މެޗުތަކުން ބަލިވެ، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލުމާ ގުޅިގެންނެވެ.

އަހުމަދު އާހިލް ސައީދު

ވިނީޝިއަސް ޖޫނިއަރ ހެއިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން؛ ފޮޓޯ / ވީޓީސީ ނިއުސް
ވިނީޝިއަސް ޖޫނިއަރ ހެއިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން؛ ފޮޓޯ / ވީޓީސީ ނިއުސް

ފީފާ ވޯލްޑް ކަޕް 2026 ގައި ތުރުކީ އާއި ހެއިޓީ ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެ، ތުރުކީ އާއި ހެއިޓީ ވޯލްޑް ކަޕުން ކަޓައިފިއެވެ.

ތުރުކީ އާއި ހެއިޓީ ވޯލްޑް ކަޕުން ކަޓަން ޖެހުނީ ރޭ ކުޅުނު މެޗުތަކުން ބަލިވެ، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލުމާ ގުޅިގެންނެވެ.

ގްރޫޕް ޑީ ގައި ހިމެނޭ ތުރުކީ މުބާރާތުން ކަޓަން ޖެހުނީ ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. މީގެ ކުރިން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 2-0 އިން ބަލިވެފައިވާ ތުރުކީއަށް، މި މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ކޮންމެހެންވެސް ޕޮއިންޓެއް ހޯދަން މަޖުބޫރު މެޗެކެވެ. ނަމަވެސް، މެޗުގެ ކުރީކޮޅު ޕެރަގުއޭގެ ގަލަރޒާ ޖެހި ލަނޑާއެކު ޕެރަގުއޭ ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ. މިއީ 2002 ވަނަ އަހަރުގެ ފަހުން ތުރުކީ ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

ތުރުކީގެ އިތުރުން، ގްރޫޕް ސީ ގައި ހިމެނޭ ހެއިޓީ ވެސް ވަނީ މުބާރާތުން ކަޓާފައެވެ. ހެއިޓީ މުބާރާތުން ވަކިވާން ޖެހުނީ ބްރެޒިލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. އެގޮތުން، މި މެޗުގައި ބްރެޒިލް އަށް ލަނޑުތައް ހޯދައިދިނީ ކޫންޔާ އަދި ވިނީޝިއަސް ޖޫނިއާ އެވެ.

ތުރުކީ އާއި ހެއިޓީ ކެޓުމާއެކު، އެ ގައުމުތަކުގެ ގްރޫޕްތަކުގައި ބާކީ ހުރި ގައުމުތަކުގެ މެދުގައި ވާދަވެރިކަން މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.