މައިގަނޑު ބަޔަށް ދާން

ހަބަރު

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން މާދަމާރޭ މާލޭގައި ބާއްވަނީ

ޖުމްހޫރީ މައިދާނުން ފެށިގެން ކުރިއަށް ގެންދާ މި ހިނގާލުމުގައި ޖުމްލަ ހަ ގެމައިން ބައިވެރިވާއިރު އެމްއެންޑީއެފް ބޭންޑުވެސް ހިނގާލުމުގައި ހިމެނޭނެއެވެ.

އަހުމަދު އާހިލް ސައީދު

އެމްއެންޑީއެފް؛ ފޮޓޯ / ރައީސް އޮފީސް
އެމްއެންޑީއެފް؛ ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ އަސްކަރީ ހިނގާލުން މާދަމާރޭ 20:30 ގައި މާލޭގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

ޖުމްހޫރީ މައިދާނުން ފެށިގެން ކުރިއަށް ގެންދާ މި ހިނގާލުމުގައި ޖުމްލަ ހަ ގެމައިން ބައިވެރިވާއިރު އެމްއެންޑީއެފް ބޭންޑުވެސް ހިނގާލުމުގައި ހިމެނޭނެއެވެ.

ސިފައިންގެ ތަފާތު ކޯރތަކާއި ޚިދުމަތުގެ ދާއިރާތައް ދައްކާލުން މި ހަރަކާތުގައި ހިމަނާފައިވެއެވެ.

ހިނގާލުމުގެ ލަޝްކަރު މާލޭގެ ހަތަރު ތަނެއްގައި މަޑުކުރާ ގޮތަށް ރާވާފައިވެއެވެ. އެ ތަންތަނަކީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ހިސާބުން އާޓިފިޝަލް ބީޗް ސަރަހައްދާއި އަމީނީމަގު ކުޑަކުދިންގެ ބަގީޗާ ކައިރިއާއި އަމީނީމަގު ގަލޮޅު ޕޮލިސް ކުރިމައްޗާއި ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރު ހުއްޓާ ކޮންމެ ސަރަހައްދެއްގައި ސިފައިންގެ ބޭންޑުން ތަފާތު ރާގުތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި އަސްކަރީ ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ މައިދާނީ ކުޅިވަރު ހަރަކާތްތަކާ އެކުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.