މައިގަނޑު ބަޔަށް ދާން

ހަބަރު

ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ މިނިވަން ދުވަހުން ފެންނަ ކަމަށް ރައީސް ވިދާޅުވެއްޖެ

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ. ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްލަ 43 ޤައުމަކުން 113 ޑިޕްލޮމެޓުން ހާޒިރުވެވަޑައިގެންނެވިކަން ރައީސް ފާހަގަކުރެއްވިއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި މިފަދަ ޢަދަދެއްގެ ޑިޕްލޮމެޓުން ރާއްޖޭގެ އިހުތިފާލެއްގައި ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަހުމަދު އާހިލް ސައީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވަމުން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ ކޮންމެ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހަމަހަމަ އުސޫލަކުން ލިބެންޖެހޭ ކަމަށާއި ދިވެހިން އިސްކުރާ ޚާރިޖީ ސިޔާސަތުގެ ނަތީޖާ މި އިހުތިފާލުތަކުން ހާމަވާ ކަމަށެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ. ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްލަ 43 ޤައުމަކުން 113 ޑިޕްލޮމެޓުން ހާޒިރުވެވަޑައިގެންނެވިކަން ރައީސް ފާހަގަކުރެއްވިއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި މިފަދަ ޢަދަދެއްގެ ޑިޕްލޮމެޓުން ރާއްޖޭގެ އިހުތިފާލެއްގައި ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޙަޤީޤީ މިނިވަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ގޮތުން މިނިވަންކަން ލިބުމަކީ ފުރިހަމަ މިނިވަންކަން ނޫން ކަމަށާއި ޚާރިޖީ މިނިވަންކަމަކީ އޭގެ ލާޒިމު ބައެއް ކަމަށެވެ. ދިވެހިރާއްޖޭގައި އިސްކުރެވެން ޖެހޭނީ ދިވެހީންގެ ސިޔާސަތު ކަމުގައި ވިދާޅުވެ ކޮންމެ ޤައުމަކާ ވެސް ގާތް ގުޅުމެއް ބާއްވާ ކަމަށާއި ނަމަވެސް ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގާ އިޒްރޭލާ ގުޅުމެއް ނުބާއްވާނެކަން ވަކީން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ. ކުރީގައި ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމުގެ ސިޔާސަތެއް ގެންގުޅެވުނު ނަމަވެސް ދިވެހީންގެ ވިންދާ ގުޅެނީ އެ ޤައުމުތަކާ ގާތް ގުޅުމެއް ބޭއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ސުލްޙައިގެ މައުޟޫޢަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ހަނގުރާމައާއި އަނިޔާވެރިކަމަކީ ދިވެހީން ޤަބޫލުކުރާ ހަމައެއް ނޫން ކަމަށާއި ޚިޔާލުތަފާތުވުން ހޯދޭނީ ހަތިޔާރުން ނޫން ކަމަށެވެ. ސާކްގެ ހަރަކާތްތައް ހުއްޓިފައި އޮތް އޮތުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޤައުމުތައް މަޝްވަރާގެ މޭޒަށް ހާޒިރުވުމަށް ގޮވާލެއްވިއެވެ. އެކަމުގައި ރާއްޖެއިން އިސްނެގުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ހާމަކުރެއްވިއެވެ. މީގެ އިތުރުން އޯ.އައި.ސީ އާއި ކޮމަންވެލްތު ފަދަ ޖަމާޢަތްތަކުގައި ރާއްޖެ އަދާކުރާ ދައުރާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރަޙައްދީ މިނިވަންކަމުގެ މައްސަލައަށް ވެސް ބައްލަވާލައްވާފައެވެ. ކުރީ ސަރުކާރުން ދޫކޮށްލާފައިވާ ދިވެހިރާއްޖޭގެ ޙައްޤު ސަރަޙައްދު ހޯއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައި ޤާނޫނީ އިމުގެ ތެރެއިން ސަރަޙައްދީ މިނިވަންކަން ހިމާޔަތްކުރުމަށް އިސްލާޙްތައް ގެންނަވަމުންދާކަން ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.