ހަބަރު

ފުލުހުންނަށް ލިބިފައިވާ ތަފާތު ތަކެތީގެ ވެރިން ހޯދަން އިޢުލާނުކޮށްފި

Fuluhunnah libifaivaa thafaathu thaketheege verin hoadhan iulaan koffi

Ahmed Aahil Saeed

25 July 2026

0
ފުލުހުންނަށް ލިބިފައިވާ ތަފާތު ތަކެތީގެ ވެރިން ހޯދަން އިޢުލާނުކޮށްފި
މިގޮތުން ފުލުހުންގެ އަތުގައި ހުރީ މަގުމަތިން ހޮވައިގެން ގެނެވިފައިވާ ތަކެއްޗާއި ވައްކަމުގެ ޝައްކުގައި ހުއްޓުވި ފަރާތްތަކުގެ އަތުން ފެނުނު ތަކެއްޗެވެ. ވައްކަމުގެ ތުހުމަތާ ގުޅޭ ތަކެތީގެ ތެރޭގައި ޖުލައި 12 ގައި ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ސަރަޙައްދުން ފެނުނު ވެކިއުމް ކްލީނަރަކާއި ޖުލައި 17 ގައި ޖަވާހިރުމަގުން ފެނުނު ކޮންސްޓްރަކްޝަން ބިޑިތަކާއި ޖުލައި 20 ގައި ފަރީދީމަގުން ފެނުނު 2 ފްލަޑްލައިޓް ހިމެނެއެވެ.

ފުލުހުންނަށް ލިބިފައިވާ ތަފާތު ތަކެތީގެ ވެރިން ހޯދަން އިޢުލާނުކޮށްފިއެވެ.

މިގޮތުން ފުލުހުންގެ އަތުގައި ހުރީ މަގުމަތިން ހޮވައިގެން ގެނެވިފައިވާ ތަކެއްޗާއި ވައްކަމުގެ ޝައްކުގައި ހުއްޓުވި ފަރާތްތަކުގެ އަތުން ފެނުނު ތަކެއްޗެވެ. ވައްކަމުގެ ތުހުމަތާ ގުޅޭ ތަކެތީގެ ތެރޭގައި ޖުލައި 12 ގައި ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ސަރަޙައްދުން ފެނުނު ވެކިއުމް ކްލީނަރަކާއި ޖުލައި 17 ގައި ޖަވާހިރުމަގުން ފެނުނު ކޮންސްޓްރަކްޝަން ބިޑިތަކާއި ޖުލައި 20 ގައި ފަރީދީމަގުން ފެނުނު 2 ފްލަޑްލައިޓް ހިމެނެއެވެ.

މީގެ އިތުރުން ޖުލައި 15 ގައި ކަނބާއައިސާ ރަނި ހިނގުމުން ހޮވައިގެން ގެނެވުނު ކުޑަކުދިން ދުއްވާ ސައިކަލެއް ވެސް ހިމެނެއެވެ. މި ތަކެއްޗާ ބެހޭ ގޮތުން 9660183 އަށް ގުޅައި މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން އެދެއެވެ.

ހޮވައިގެން ގެނެސްފައިވާ ތަކެތީގެ ތެރޭގައި ޖުލައި 10 ގައި އިސްކަންދަރު މަގުން ފެނުނު ކަރަންޓު ނަރު ގޯންޏަކާއި ޖުލައި 12 ގައި ސައްޔިދުކިލެގެފާނު މަގު ރެޑްވޭވް ކައިރިން ފެނުނު ޒިއޯމީ ބްރޭންޑުގެ ސްމާޓް އެއަރ ޕިއުރިފަޔަރ 4 ޕްރޯ ފިލްޓަރަކާއި ޖުލައި 14 ގައި ދުވާޓްރެކް ސަރަޙައްދުން ފެނުނު 1000 ރުފިޔާ އާއި ޖުލައި 15 ގައި ބޮޑުރަސްގެފާނު މަގުން ފެނުނު ލެޕްޓޮޕެއް ހިމެނެއެވެ. މި ތަކެއްޗާ ގުޅޭ ގޮތުން ގުޅަންޖެހެނީ 9631696 އަށް ކަމަށާއި ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ހަވާލުވުމަށް ފުލުހުން އެދެއެވެ.

މީގެ އިތުރުން ޖުލައި 8 ގައި އަލިކިލެގެފާނު މަގުން 4000 ރުފިޔާ އަދި ޖުލައި 9 ގައި މަޖީދީމަގު ހެންވޭރު ދަނޑު ކައިރިން 2000 ރުފިޔާ ހޮވައިގެން ގެނެވިފައިވެއެވެ. މި ފައިސާގެ ވެރިން 9660183 އަށް ގުޅައި ހެންވޭރު ޕޮލިސް ސްޓޭޝަނަށް ދިއުމަށް އެދިފައިވެއެވެ. މި ހުރިހާ ތަކެއްޗަކާ ހަވާލުވާން ދާއިރު ކާކުކަން އެނގޭނެ ލިޔުމެއް ގެންދިޔުމަށް ފުލުހުން ހަނދާންކޮށްދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް