މައިގަނޑު ބަޔަށް ދާން

ހަބަރު

ޕާލް ރެސިޑެންސީ ޕްރޮގްރާމާ މެދު ނަޝީދާއި އެމްޑީޕީ މެންބަރުންގެ ޚިޔާލު ތަފާތުވެއްޖެ

ނަޝީދު އެކްސްގައި ހާމަކުރެއްވި ގޮތުގައި މި ޕްރޮގްރާމަކީ ޓޫރިޒަމް ވިޔަފާރީގެ ތެރެއިން އާ ބާވަތެއްގެ ފުރުސަތެކެވެ. ނަމަވެސް އެ މަނިކުފާނުގެ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މި ޕްރޮގްރާމް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު ހުށަހެޅުއްވި އެ ގަރާރުގެ ބަހުސް މިހާރު ވަނީ ފެށިފައެވެ.

އަހުމަދު އާހިލް ސައީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ ސަން
ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ ސަން

އެމްޑީޕީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ ބޮޑެތި އިންވެސްޓަރުންނަށް ރާއްޖޭގައި ދިރިއުޅުމުގެ ފުރުސަތު ހުޅުވައިދޭ ޕާލް ރެސިޑެންސީ ވިސާ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާ ކުރާނެ ޕްރޮގްރާމެއް ކަމަށެވެ.

ނަޝީދު އެކްސްގައި ހާމަކުރެއްވި ގޮތުގައި މި ޕްރޮގްރާމަކީ ޓޫރިޒަމް ވިޔަފާރީގެ ތެރެއިން އާ ބާވަތެއްގެ ފުރުސަތެކެވެ. ނަމަވެސް އެ މަނިކުފާނުގެ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މި ޕްރޮގްރާމް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު ހުށަހެޅުއްވި އެ ގަރާރުގެ ބަހުސް މިހާރު ވަނީ ފެށިފައެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުން މި ޕްރޮގްރާމުން ދައުލަތަށް ލިބޭނެ މާލީ މަންފާ ސާފު ނުވާ ކަމަށާއި ޤައުމީ ސަލާމަތާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާ ކުރިމަތިވެދާނެ ކަންތައްތަކެއް ހުރި ކަމަށެވެ. އިންވެސްޓްމެންޓް މެދުވެރިކޮށް ރެސިޑެންސް ދިނުމާ ބެހޭ ޤާނޫނެއް ފާސްވަންދެން ޕްރޮގްރާމަށް ހުއްދަ ދިނުން މެދުކަނޑާލުމަށް ވެސް ގަރާރުގައި ގޮވާލައެވެ.

"ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއްގެ މައްޗަށް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ޖީލަކަށް ވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ދީ އެ ތަންތަނުގެ ދިރިއުޅުމުގެ ހައްގު ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުމަކީ ރައްޔިތުންގެ ނިންމުމާ ސީދާ ފުށުއަރާ ކަމެއް" ގަރާރުގައިވެއެވެ.

އެހެން ނަމަވެސް ސަރުކާރުން ދެކެނީ މިއީ އިޤުތިޞާދަށް ފައިދާ ކުރާނެ ކަމެއްގެ ގޮތުގައެވެ. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެފައި ވަނީ މި ޕްރޮގްރާމުގެ ސަބަބުން އިޤުތިޞާދު ސިންދަފާތު ކުރުމަށް މަގު ތަނަވަސްވާނެ ކަމަށެވެ. "ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމާ ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް މިއީ. މިކަމުން ކުރިއެރުންތަކެއް ލިބިފައި އެބަ ހުރި" ސައީދު ވިދާޅުވެފައިވެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ޕްރޮގްރާމް ފަރުމާ ކުރުން ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައިވާ އިރު މަޖިލީހުގައި ގަރާރުގެ ބަހުސް ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.