މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޑީޕީ ކޮންގްރެސް ސެޕްޓެމްބަރުގައި

ސެޕްޓެމްބަރު 19 ވަނަ ދުވަހު ކޮންގްރެސް ބާއްވާ ގޮތަށް ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ޗެއާޕާސަންގެ ހައިސިއްޔަތުން ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ހުށަހެޅުމާ މެދު ބަހުސް ކުރެވުނުއިރު ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި ގައުމީ މަޖިލީހުގެ ދައުރު ސެޕްޓެމްބަރު 25 ގައި ހަމަވާއިރު ކޮންގްރެސް ބާއްވަން ޖެހެނީ ގައުމީ މަޖިލީހުގެ އިންތިހާބަށް ފަހުގައެވެ.

އަހުމަދު އާހިލް ސައީދު

އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން --
އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން --

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ސެޕްޓެމްބަރު 19 ވަނަ ދުވަހު ކޮންގްރެސް ބާއްވާ ގޮތަށް ގައުމީ މަޖިލީހަށް ހުށަހެޅުއްވީ ޗެއާޕާސަންގެ ހައިސިއްޔަތުން ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ހުށަހެޅުމާ މެދު ބަހުސް ކުރެވުނުއިރު ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި ގައުމީ މަޖިލީހުގެ ދައުރު ސެޕްޓެމްބަރު 25 ގައި ހަމަވާއިރު ކޮންގްރެސް ބާއްވަން ޖެހެނީ ގައުމީ މަޖިލީހުގެ އިންތިހާބަށް ފަހުގައެވެ.

ނަޝީދު ވިދާޅުވީ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށާއި ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ވެސް އިސްލާހު ހުށަހެޅޭނެތީ އިންތިހާބުގެ ކުރިން ކޮންގްރެސް ނިންމެވުމަށް ބޭނުންފުޅުވާ ކަމަށެވެ. ރޭގެ ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ތާއީދާއެކު މި ހުށަހެޅުން ވަނީ ފާސްވެފައެވެ.

ވޯޓަށް ފަހު ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު 19 ގައި ކޮންގްރެސް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށާއި ކޮންގްރެސް ނިމުމާ އެކު ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އެ މަޖިލީހުގެ އިންތިހާބު ވެސް ބޭއްވޭނެ ކަމަށެވެ.

މި ކޮންގްރެސްގައި އެންމެ ފާހަގަކޮށްލެވޭ ކަމެއް ގޮތުގައި ބެލެވެނީ 2028 ގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތް ނިންމުމެވެ. ލަފާކުރެވޭ ގޮތުގައި އެ ޕްރައިމަރީ އަންނަ އަހަރު ބާއްވާ ގޮތަށް ފާސްކުރާނެއެވެ. އަދި ޗެއާޕާސަނަށް ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތް ހެދުމަކީ ވެސް ގެނެވިދާނެ ބަދަލެއް ކަމަށް ބެލެވެއެވެ. ސަރުކާރު ހިންގާ ޕީއެންސީން ވެސް ކޮންގްރެސް އަންނަ މަހުގެ 15 އިން 18 އަށް ބާއްވަން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.