މައިގަނޑު ބަޔަށް ދާން

ހަބަރު

ނުހައްގުން ވަޒީފާއިން މީހުން ވަކިނުކުރާ ކަމަށް ފަލާހު ވިދާޅުވެއްޖެ

ފަލާހު މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސިޔާސީ ބޭނުމަށް މީހުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގައި ކުރެވުނު ބަހުސްގައެވެ. އެ ގަރާރުގައި ވަޒީފާ ގެއްލުނު މީހުންގެ ޢަދަދު ހާމަކޮށްފައި ނެތް ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. ނުހައްގުން ރައްޔިތުން ވަޒީފާތަކުން ބޭރުކުރީ އެމްޑީޕީގެ ދެ ވެރިކަމުގައި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

އަހުމަދު އާހިލް ސައީދު

ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ...
ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ...

މި ސަރުކާރުން އެއްވެސް ރައްޔިތަކު ނުހައްގުން ވަޒީފާއިން ދުރުކޮށްފައި ނޯންނާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސިޔާސީ ބޭނުމަށް މީހުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގައި ކުރެވުނު ބަހުސްގައެވެ. އެ ގަރާރުގައި ވަޒީފާ ގެއްލުނު މީހުންގެ ޢަދަދު ހާމަކޮށްފައި ނެތް ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. ނުހައްގުން ރައްޔިތުން ވަޒީފާތަކުން ބޭރުކުރީ އެމްޑީޕީގެ ދެ ވެރިކަމުގައި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

"މި ވެރިކަމަށް ތިން އަހަރު ވާން ކައިރިއަށް އަންނައިރު 15 މީހުން ވެސް ނީންނާނެ އެންމެ މީހެއް ވެސް ނުހައްގު ގޮތުގައި ވަޒީފާއިން ވަކިކޮށްފައި މި ސަރުކާރުން ނޯންނާނެ އެންމެ މީހަކު ވެސް" ފަލާހު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ވާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި އެކަމަށް ރައްޔިތުން ހެކިވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ. ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ގިނަ ބަޔަކު ވަޒީފާތަކުން ކަނޑާލާފައިވާ ކަމަށާއި މިހާރު ވެސް ސިޔާސީ ފިކުރަށް ބެލުމަށް ފަހު މުވައްޒަފުން ވަކިކުރަމުންދާ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

ޖުލައި 13 ގައި ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ތިން މަސް ތެރޭ ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރުމަށް އަންގައިފައެވެ. އެޕްރީލް މަހު ސަރުކާރުން ހާމަކުރި ގޮތުގައި ކުންފުނިތަކުގައި 42000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުން ގެންދެއެވެ. އެ ނިސްބަތުން ބަލާ ނަމަ 13800 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަޒީފާ ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.