މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޣައްޒާގެ މެދުތެރެއަށް އިސްރާއީލުން ދިން ހަމަލާގައި ފަލަސްޠީނު މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ޞިއްޙީ އިދާރާތަކުން ހާމަކުރާ ގޮތުގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރިއަށް ގެންދާ ޤަތުލުޢާންމުގައި މިހާތަނަށް މަދުވެގެން 73329 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ އޮކްޓޫބަރުގައި އިޢުލާނުކުރި "ހަނގުރާމަ ހުއްޓާލުމު"ގެ ފަހުން ޝަހީދުކޮށްލެވުނު 1203 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ.

އަހުމަދު އާހިލް ސައީދު

ފަލަސްތީން؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ފަލަސްތީން؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ޣައްޒާގެ ދައިރް އަލް-ބަލަޙްގެ ދެކުނު ސަރަޙައްދަށް އިސްރާއީލުން ދިން ހަމަލާއެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ފަލަސްޠީނުގެ ރައްޔިތަކު މިއަދު ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ޞިއްޙީ އިދާރާތަކުން ހާމަކުރާ ގޮތުގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރިއަށް ގެންދާ ޤަތުލުޢާންމުގައި މިހާތަނަށް މަދުވެގެން 73329 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ އޮކްޓޫބަރުގައި އިޢުލާނުކުރި "ހަނގުރާމަ ހުއްޓާލުމު"ގެ ފަހުން ޝަހީދުކޮށްލެވުނު 1203 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރެވިފައި ވީ ނަމަވެސް ޣައްޒާގައި ފަލަސްޠީނު ރައްޔިތުންގެ ފުރާނައަށް ނުރައްކާ ކުރިމަތިވެފައިވާ ޙާލަތު އަދިވެސް ދަނީ ކުރިއަށެވެ.

އިސްރާއީލުން ދަނީ ގާނޫނާ ހިލާފަށް ރެފިއުޖީ ކޭމްޕްތަކަށްވެސް ހަމަލާދެމުންނެވެ.

ޔަހޫދީ ލީޑަރު ނަތަންޔާހޫ އެމެރިކާގެ ނިއު ޔޯކަށް މިދަނޑިވަޅުގައި ކުރަން ރާވާފައިވާ ދަތުރުގައި ގިނަ ފަރާތްތަކުން ދަނީ އޭނާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.