ދުނިޔެ
ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން ރިޕޯޓްކުރާ ގޮތުގައި، އިސްރާއީލުގެ އަސްކަރިއްޔާގެ މި އަންމޭންޑް އޭރިއަލް ވެހިކަލް )ޑްރޯން( ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގު ދެކުނުގައި އޮންނަ އަލް-ސިނާއާ މަގުގައި ހުރި ދަގަނޑު މަސައްކަތްކުރާ ވޯކްޝޮޕަކަށެވެ. މި ހަމަލާގައި ޒަޚަމްވި މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
12 July 2026
މި ހާދިސާގައި އަންދްރޭސްގެ އާއިލާގެ މެންބަރުން މަރުވެ، އޭނާގެ އެއް ފައި ވަނީ ބުރިކޮށްލަން ޖެހިފައެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އެންދްރޭސް، ރޮނާލްޑޯގެ "ޓްރޭޑިންގ ކާޑެއް" ބޭނުންވެގެން އެދުމުން، ރޮނާލްޑޯ ވަނީ ސީދާ އޭނާއަށް ވީޑިއޯ މެސެޖެއް ފޮނުވާފައެވެ.
09 July 2026
މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.
09 July 2026
ނޯތު ޑަކޯޓާގެ މެޑޯރާގައި ހުންނަ ތިއޮޑޯރ ރޫޒަވެލްޓް ޕްރެޒިޑެންޝަލް ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ، 1977 ވަނަ އަހަރުގެ މުއާހަދާގެ ދަށުން އެމެރިކާއިން ޕެނަމާ ކެނަލްގެ ކޮންޓްރޯލް ދޫކޮށްލުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
09 July 2026
މިހާރުވެސް އިންޑިއާއިން މަދުވެގެން 60،000 މެޓްރިކް ޓަނުގެ ތެޔޮ ރަޝިޔާއަށް ފޮނުވާފައިވާ ކަމަށް ރޮއިޓަރސްއިން ބުނެއެވެ. އަދި ކޮންމެ ބޯޓެއްގައި 30،000 އާއި 40،000 އާ ދެމެދުގެ އަދަދަކަށް ތެޔޮ ހިފައިގެން ދަތުރުކުރާ ދެ ޓޭންކަރު މިހާރުވެސް ރަޝިޔާއަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނެއެވެ.
09 July 2026
މިފަދައިން އަންގާފައިވަނީ މި ފީޗަރގެ ސަބަބުން އޮންލައިން ފްރޯޑާއި ފިޝިންގް ފަދަ ސައިބަރ ކުށްތައް އިތުރުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެފައިވެއެވެ.
09 July 2026
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ފަލޮރިން ބެލޮގަން އަށް ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ތާރިގް މުހަރެމޯވިޗްގެ ފައިގެ ފަހަތަށް އެރުމުންނެވެ. މި ހާދިސާ ހިނގި ވަގުތު ރެފްރީ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް، ވީއޭއާރު މެދުވެރިކޮށް ރެފްރީ ރަފައެލް ކްލައުސްއަށް އެ މަންޒަރު ދަނޑު ކައިރީގައި ހުރި މޮނިޓަރުން ބެލުމަށް އިރުޝާދު ދިނެވެ.
09 July 2026
ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ނިއުކްލިއާ ސަބްމެރީނުން ޑަމީ ވޯހެޑެއް އެޅި މިސައިލް ފޮނުވައިލީ މެންދުރުގައި ކަމަށާއި މިސައިލް ވެއްޓުނީ ކަނޑައެޅި ސަރަޙައްދަށް ކަމަށް ޝިންހުއާއިން ބުނެފައިވެއެވެ. ނަމަވެސް ސީދާ ވެއްޓުނު ތަނުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ޝިންހުއާއިން ސިފަކުރި ގޮތުގައި މިއީ ޗައިނާ ސިފައިންގެ އަހަރީ ތަމްރީނުގެ ބައެއް ކަމަށާއި ވަކި ޤައުމަކަށް ނުވަތަ ވަކި އަމާޒަކަށް އެ ޓެސްޓު އަމާޒުކޮށްފައި ނުވާ ކަމަށެވެ.
09 July 2026
މި ރަސްމިއްޔާތުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ކަމަކީ ކޮންމެ ޤައުމެއްގެ ވަފުދަކަށް ޤުރުއާނުން ތަފާތު އާޔަތެއް ޚާއްސަކޮށްފައިވުމެވެ.
09 July 2026
މީޑިއާގެ ރިޕޯޓްތަކުގައި ބުނެފައިވަނީ، އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކްލައިޑިއޯ ޓާޕިއާގެ ބައިވެރިވުމާއެކު ހިންގާފައިވާ މި މާލީ މުއާމަލާތްތައް މިހާރު ވަނީ ކަމާބެހޭ ތަހްގީގީ އިދާރާތަކުގެ ސަމާލުކަމަށް އައިސްފައެވެ. މިވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކުރި އެއް މީޑިއާއަކީ އެމެރިކާގެ ފޮކްސް ސްޕޯޓްސްއިން ނެވެ. އާޖެންޓީނާގެ އެފްއޭއިން މި މުއާމަލާތްތައް ހިންގާފައިވަނީ، އެމެރިކާގެ މާލީ ނިޒާމު މެދުވެރިކޮށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދައުރުވާ ގޮތަށް ކަމަށްވާއިރު، މި މުއާމަލާތްތައް އެމެރިކާގެ ޤާނޫނުތަކާ ހިލާފްވޭތޯ ބެލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ފޮކްސްއިން ވަނީ ބުނެފައެވެ. އަދި މިކަމުގައި ޖިނާއީގޮތުން ކޮށްފައިވާ ކުށްތައް ބަލަމުންދާކަމަށް ބުންޏެވެ.
09 July 2026
ސްވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ކަންތައްތައް ރޭވިފައިވާ ގޮތުން، އެއްބަސްވުން ތަންފީޒުކުރުމާއި ގުޅޭގޮތުން ކުރެވޭ ފުރަތަމަ މަރުހަލާގެ މަޝްވަރާތަކަށް އެމެރިކާ އާއި އީރާނުގެ އިތުރުން މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޕާކިސްތާނާއި ގަތަރާއި، އަދި މިކަމުގައި ހިމެނޭ އެހެނިހެން ގައުމުތައް މާދަމާ ބިއުރގަންސްޓޮކްގައި ބައްދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ.
18 June 2026