ހަބަރު
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރުގެ ލިޔުން އެރުވުމުގެ ނަމްބަރު ޝަރަފުވެރިކޮށްދެއްވާފައެވެ. އެއާއެކު މަނަވަރުގެ ނަން ކަޝްފުކޮށްދެއްވައި ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ޤައުމީ ދިދަ މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރާ ޙަވާލުކޮށްދެއްވިއެވެ. ކުރޫއިން މަނަވަރަށް އަރައި ކޮމިޝަންކުރުމުގެ ޑްރިލް ފުރިހަމަކުރިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘެވެ.
28 July 2026
މި ޕްލާންޓް ގާއިމުކުރެވިފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ވަކިން ޚާއްޞަކޮށް ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އައިސް ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.
27 July 2026
ޖަލްސާގައި ޢިއްޒަތާއި ޝަރަފުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވުމާއެކު ރައީސް ވަނީ އެ ބޭބޭފުޅުންގެ ކިބައިން ފެންނަ ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި އިޚްލާސްތެރިކަން ފަދަ މަތިވެރި ސިފަތައް ކޮންމެ ދިވެއްސެއްގެ ކިބައިގައިވެސް އަށަގެންނެވުމަށް އިލްތިމާސްކުރައްވާފައެވެ. ތާރީޚުގައި ޤައުމުގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކު އެކަމުގެ ފަހަތުގައި ތިބީ މި ސިފަތައް ނެތް ބައެއް ކަމަށާއި މިނިވަންކަން އަލުން ހޯއްދެވި ކޮންމެ ބަޠަލެއްގެ ކިބައިން ފެނުނީ ހަމަ އެ ސިފަތައް ކަމުގައި ރައީސް ވިދާޅުވިއެވެ.
27 July 2026
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވީ ސިޔާސީ ބަދަލުހިފުމުގެ ސަގާފަތް ނިމުމަކަށް ގެނެވިފައިވާ ކަމަށާއި ޤައުމު ކުރިމަތިލާފައިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތްތައް މިނިވަން ދުވަހެއްގައި ފާހަގަކުރަން ޖެހޭ ކަމަށެވެ.
27 July 2026
މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ. ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާން ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްލަ 43 ޤައުމަކުން 113 ޑިޕްލޮމެޓުން ހާޒިރުވެވަޑައިގެންނެވިކަން ރައީސް ފާހަގަކުރެއްވިއެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި މިފަދަ ޢަދަދެއްގެ ޑިޕްލޮމެޓުން ރާއްޖޭގެ އިހުތިފާލެއްގައި ބައިވެރިވެވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
27 July 2026
ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ފުރާނައާއި މުދާ ސަލާމަތްކުރުމުގެ މަސައްކަތް ވިލަރެސްކުރާ މައި މަރުކަޒުގެ ގޮތުގައި ޤާއިމްކުރި މި އިމާރާތުގެ ބިންގާ އެޅީ 2022 ވަނަ އަހަރުއެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި މަސައްކަތް ހުއްޓިފައި އޮތުމާ ގުޅިގެން ކޯސްޓްގާޑުގެ ޤާބިލްކަން ވަރުގަދަކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައީސް މި މަޝްރޫޢު ނިންމެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ސަރުކާރުން ތަރައްޤީކުރި މި މަޝްރޫޢު ވިލަރެސްކުރެއްވުމުގައި ޔޫ.އެން.އޯ.ޑީ.ސީ އިސް ދައުރެއް އަދާކުރެއްވި އިރު ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަން ލިބިފައިވެއެވެ.
27 July 2026
އެކްސްގައި ޝާއިޢުކުރެއްވި މެސެޖުގައި ސަފީރު ވިދާޅުވީ މިނިވަންކަމުގެ ރޫޙުން ދިވެހި ރައްޔިތުންނަށް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކޮށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް ހިތްވަރު ލިބެމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
26 July 2026
އެމަނިކުފާނު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ދިވެހި ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
26 July 2026
މި ޝަރަފު ލިބިވަޑައިގެންނެވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމީ ޢިލްމު ފެތުރުއްވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމާއި ދީނީ ފޮތް ލިޔުއްވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ. މިސުރުގެ އަލް ޖާމިޢުލް އަޒުހަރުން ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ފުރަތަމަ މަސައްކަތްކުރެއްވީ މަޖީދިއްޔާ ސްކޫލުގައި ހިސާބު ކިޔަވައިދެއްވުމުގެ ދާއިރާގައެވެ.
26 July 2026
ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޑޮކްޓަރ ލަޠީފްގެ ޚިދުމަތުގެ އެންމެ ބޮޑު ބައެއް ހޭދަކުރެއްވީ ތަޢުލީމީ ދާއިރާގައެވެ. އެ ދާއިރާގައި 22 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައި ކިޔަވައިދިނުމުގެ މަންހަޖު ހެދުމާއި މުދައްރިސުން ތަމްރީނުކުރުމުގެ މަރުކަޒުތައް ޤާއިމުކުރެއްވުމާއި ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން ތައްޔާރުކުރެއްވުމުގައި މޭސްތިރިއެއްގެ ގޮތުގައި ހުންނެވިއެވެ.
26 July 2026
އޯ.އައި.ސީގައި ދިވެހިރާއްޖެ ބައިވެރިވީތާ ބައި ޤަރުނު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި މެންބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
26 July 2026
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.
26 July 2026
ވިޔަފާރީގެ ދާއިރާއަށް ތުއްޕުޅު އިރުއްސުރެ ޝައުޤުވެރިކަން ގެންގުޅުއްވި މުޙައްމަދު މޫސާ ތަޢުލީމީ ޙަޔާތް ފެށްޓެވީ މަޖީދިއްޔާ ސްކޫލުންނެވެ. އެއަށް ފަހު ޢާއިލާގެ އެހީތެރިކަމާއެކު އިންޑިއާގެ ޓެމިލްނާޑޫގެ ޢުމަރު އާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުން ކިޔަވައިވިދާޅުވިއެވެ. އެ ދުވަސްވަރު ހިންދީ ބަހާއި އުރުދޫ ބަސް ރަނގަޅަށް ދަސްކުރެއްވިއެވެ. އިތުރު ހުނަރު ޙާސިލުކުރެއްވުމަށް ކޮއިންބަތޫރަށް ވަޑައިގެން އެތާނގެ ކާރުޚާނާތަކުގައި މަސައްކަތް ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ވިޔަފާރީގެ ދާއިރާއަށް ނުކުމެވަޑައިގެންނެވިއެވެ.
25 July 2026
ޖުމްހޫރީ މައިދާނުން ފެށިގެން ކުރިއަށް ގެންދާ މި ހިނގާލުމުގައި ޖުމްލަ ހަ ގެމައިން ބައިވެރިވާއިރު އެމްއެންޑީއެފް ބޭންޑުވެސް ހިނގާލުމުގައި ހިމެނޭނެއެވެ.
25 July 2026
މިގޮތުން ފުލުހުންގެ އަތުގައި ހުރީ މަގުމަތިން ހޮވައިގެން ގެނެވިފައިވާ ތަކެއްޗާއި ވައްކަމުގެ ޝައްކުގައި ހުއްޓުވި ފަރާތްތަކުގެ އަތުން ފެނުނު ތަކެއްޗެވެ. ވައްކަމުގެ ތުހުމަތާ ގުޅޭ ތަކެތީގެ ތެރޭގައި ޖުލައި 12 ގައި ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ސަރަޙައްދުން ފެނުނު ވެކިއުމް ކްލީނަރަކާއި ޖުލައި 17 ގައި ޖަވާހިރުމަގުން ފެނުނު ކޮންސްޓްރަކްޝަން ބިޑިތަކާއި ޖުލައި 20 ގައި ފަރީދީމަގުން ފެނުނު 2 ފްލަޑްލައިޓް ހިމެނެއެވެ.
25 July 2026
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ޖުލައި 23 ވަނަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިނެޝް ކުމާރު މުރްގެސަން އެވެ.
25 July 2026
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ފަސްވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ޒުވާނުންގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. ޒުވާނުންނާ ގުޅޭ ގޮތުން ޚާއްޞަކުރެވުނު މި އެޕިސޯޑްގައި ޒުވާނުންގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ޖަވާބު ދެއްވިއެވެ. ތަޢުލީމީ ދާއިރާއާއި އިޤްތިޞާދީ ދާއިރާއިން ޒުވާނުންނަށް ފުރުޞަތު ފަހިކުރުމަށް ހިންގާ މަސައްކަތްތަކުގެ ތަފްޞީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.
25 July 2026
ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު މިނިސްޓަރ އޮފް ސްޓޭޓް އަދި ސަޢޫދީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަންވެސް ފުރުއްވާ ޕްރިންސް މަންޞޫރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން ކުރައްވާ ދަތުރުފުޅެކެވެ.
25 July 2026
އެ މަގަށް ގެނެވުނު ބޮޑު ބަދަލާއެކު ސައިކަލާއި ކާރު ދުއްވާ ފަރާތްތަކާއި ބައިސްކަލް ދުއްވާ މީހުންގެ އިތުރުން ހިނގާ މީހުންނަށްވެސް ފަސޭހަވެ ގިނަ ބަޔަކު އާ މަގު ބެލުމަށް ޖަމާވެފައިވެއެވެ. މާލޭގެ ގުޅުވައިލެވިފައިވާ މި މަގު ހުޅުވުމަކީ މާލޭގެ މަލަމަތި ބަދަލުކުރުމާއި ދަތުރުފަތުރުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމު ލަނޑުދަނޑިއެކެވެ.
25 July 2026
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަވާހެލި ސަރުކާރުގެ ދަށަށް ގެންދިޔައީ އައްޑޫ ސިޓީ ކައުންސިލުން އެ ރަށުގައި މުނިފޫހިފިލުވުމާއި ރެކްރިއޭޝަން ފެސިލިޓީއެއް ކުއްޔަށްދީ ތަރައްޤީކޮށް ހިންގުމަށް ބީލަމަށް ހުޅުވާލާފައި ވަނިކޮށް ކަމަށެވެ. އެ މަޝްރޫޢަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ލިބި ފޭދޫގެ ފަތުރުވެރިކަމުގެ ޒޯނާއި އައްޑޫގެ އެހެން ރަށްތަކުގެ ގެސްޓްހައުސް ވިޔަފާރިއާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅިލާމެހިފައި އޮތް އުއްމީދީ މަޝްރޫޢެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
25 July 2026