ހަބަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއްކަމުގައިވާ އެންޑްރޫ ލޮއިޑް ކޯބިން )53އ( އާއި ނޯރައިޓްގެ / ނ. ޅޮހި، އިބްރާހީމް އަތޫފް )20އ( އާއި އިތުރު ދިވެއްސެކެވެ.
23 July 2026
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އެއީ ކަޝްމީރުގެ / މައިސަމް މުޞްޠަފާ )22އ( އާއި އުފާ / ޢަލީ ފިރްޞާދު އާދަމް )21އ( އާއި ހިރުނދުގެ / ޢަލީ ހަސްރާނު )21އ( އާއި ސަކްސަސް / މުޙައްމަދު ސުނޭޙް )19އ( އެވެ.
22 July 2026
އެޗްޕީއޭއިން މިއަދު އެކްސްގައި ހިމަބިހި އާއި ގުޅިގެން ހިއްސާ ކުރި އަދާހަމައިން ދައްކާގޮތުން މާލެ ސަރަހައްދުން ވަނީ ހިމަބިހީގެ 22 ކޭހެއް ފެނިފައެވެ.
21 July 2026
ސްޕެއިންގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކާމިޔާބީއަކީ ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ހުނަރާއި، މަސައްކަތްތެރިކަމާއި، ކުޅިވަރުގެ މޮޅުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ފުޓުބޯޅައަކީ ރާއްޖޭގައި ނުހަނު މަޤުބޫލު ކުޅިވަރެއްކަމަށާއި، ސްޕެއިން ޓީމަކީ ދިވެހިންގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޓީމެއްކަން ފާހަގަކުރެއްވިއެވެ.
21 July 2026
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
21 July 2026
ރައީސުލްޖުމްހޫރިއްޔާ މި ތަހުނިޔާ ފޮނުއްވާފައިވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައެވެ. އަދި ބޮޑުވަޒީރުގެ އައު މަގާމުގައި އެމަނިކުފާނަށް ފުރިހަމަ ކާމިޔާބީއަކަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
20 July 2026
މިމަހުގެ 14 ގައި ނިންމި މިއައު ވިސާ ޕޮލިސީގައި ވިސާއާ ނުލާ އެޤައުމަށް 30 ދުވަހަށް ދަތުރުކުރެވޭގޮތަށް އަލަށް ހަމަޖައްސައިދިން ޤައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނެއެވެ.
20 July 2026
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާޠިމަތު އަމީޒާ ޢައްޔަން ކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހުއެވެ.
19 July 2026
މި މަހުގެ 16 ވަނަ ދުވަހު ނައްތައިލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރެވެ.
19 July 2026
މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިއަން ޖަޕާނީސް ޔެން )1،020،134 އެމެރިކާ ޑޮލަރު( ދިނުމަށްވަނީ ނިންމަވާފައެވެ.
15 July 2026
މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ސ.މަރަދޫ / އާލް ، އަޙްމަދު ޙާރިޝް )32އ( އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހު 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
15 July 2026
އޭނާގެ އިސްތިއުފާ ޔޫކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުން އަންގާރަ ދުވަހު ވަނީ ރަސްމީކޮށް ފާސްކޮށްފައެވެ. ޔޫކްރެއިންގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވި ނަމަވެސް، ޒެލެންސްކީ އަދި އެ މަޤާމަށް އާ ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެއެވެ.
14 July 2026
ނިޔާވެފައިވަނީ 24 އަހަރުގެ ޒުވާނެކެވެ، އޭނާ ނިޔާވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެހެން ބައްޔަކަށް ފަރުވާ ހޯދަމުންދަނިކޮށެވެ.
13 July 2026
"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރުވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދުން ފެށިގެން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އާއި ހަމައަށް ހުންނާނީ ހުޅިވިފައެވެ.
13 July 2026
މިއީ މިގޮތުން މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފައެވެ.
11 July 2026
މީގެ ކުރިން މާލެ ނޯތު ހާބަރގެ "އޭ ޒޯން" )ބޮޑުތަކުރުފާނު މަގާވީ ފަރާތް( އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެ އެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ.
08 July 2026
ދިޔާނާ އެ މަގާމަށް އައްޔަނުކުރުމާމެދު ގޮތެއް ނިންމަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ސިޓީފުޅު ފޮނުއްވާފަ އެވެ. އެ ސިޓީފުޅުގައި ރާއްޖޭގެ ގާނޫނުއަސާސީއާއި ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގައިވާ ގޮތުގެމަތިން ރާއްޖެއިން ބެލްޖިއަމަށާއި އީޔޫއަށް ކަނޑައަޅުއްވާ ސަފީރަކަށް ދިޔާނާގެ ނަން ހުށަހަޅުއްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
08 July 2026
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ.
08 July 2026
މި ތަކެތި ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.
08 July 2026
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން )38އ( އެވެ.
08 July 2026